ދެދޮރުލީ ރޮބޯޓިކް ޓެކްސީއެއް އެލަން މަސްކު ދައްކާލައިފިއެވެ.
އެލަން މަސްކުގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ ރޮބޯޓެކްސީ ދައްކާލަމުން މަސްކު ވަނީ މިއީ މުސްތަގުބަލަށް ފެންނަން ބޭނުންވާ ޓެކްނޮލޮޖީކަމަށް ވިދާޅުވެފައެވެ.
އެލަން މަސްކު ދައްކަވާލި ރޮބޯޓެކްސީގައި ދުއްވާނެ ހުންގާނެއް ނުވަތަ ޕެޑެލެއްވެސް ނުހުރެއެވެ. މަސްކު ވިދާޅުވީ އެއީ މުޅިން އޮޓޮމެޓިކް ޓެކްސީއެއް ކަމަށެވެ.
2026 ވަނަ އަހަރު މާކެޓަށް ނެރުމަށް އަމާޒު ހިފާފައިވާ ރޮބޯޓެކްސީގެ އަގު އުޅޭނީ 30،000 ޑޮލަރަށްވުރެ ދަށުގައި ކަމަށް މަސްކުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ކާރު ޗާޖް ކުރުމުގައި އާ ޓެކްނޮލޮޖީއެއް ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެލަން މަސްކު ވިދާޅުވެފައިވާ ގޮތުގައި ރޮބޯޓެކްސީ ދުއްވާނީ އޭގައި ހަރުކޮށްފައިވާ ކެމެރާތައް ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައެވެ. އެއީ ހުރިހާ ގަވާއިދުތަކަށް ފެތޭ ފެންވަރަށް ހިމަނާނެ ޓެކްނޮލޮޖީއެއް ކަމަށްވެސް މަސްކު ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ