ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
މިއަދު އާންމުވި އެ ވީޑިއޯއަކީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯއަކު ނެތެވެ.
ކާރެއްގައި ދިޔަ މީހަކު ނަގާފައިވާ ކަމަށް ބެލެވޭ އެ ވީޑިއޯގައި ފެންނަނީ ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ ކުރިއަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައިދާއިރު އެ ކުއްޖާގެ އަތަށް ސައިކަލުގެ ކަނާތް ފަރާތް ނުވަތަ ސްޕީޑް ކޮންޓްރޯލް ކުރަން ދީފައި ހުންނަ ތަނެވެ. ފަހަތުގައި އިން ފިރިހެން މީހާ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންނައިރު، އޭނާގެ ކަނާތް އަތް އޮތީ ފައިމަތީގައި ބާއްވާލައިގެންނެވެ.
ނަމަވެސް އެ ކުއްޖާގެ ފަހަތުގައި އިނީ ކުއްޖާގެ ކާކު ކަމެއް ނޭނގެއެވެ.
މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔަމުންދާއިރު ބައެއް މީހުން ދަނީ އެ މީހާއަށް ހަރުކަށި އަދަބު ދޭން ގޮވަމުންނެވެ. ނަމަވެސް މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް އެ އިދާރާއަކުން އަދި ނުބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު