ސަން ސިޔާމް އާއި ކަމަދޫ ޒާރާގެ ކައިވެނި މާދަންރޭ ކުރާން ނިންމައިފި އެވެ. "ވަން" އަށް ކަށަވަރު ވެފައިވާ ގޮތުގައި، މި ކައިވެނީގެ ހަފުލާ އޮންނާނީ މާދަންރޭ، ކ. އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ.
މި ކައިވެނީގެ ހަފުލާއަށް ޒާރާ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން މި ވަގުތު ތިބީ އޮޅުވެލީގަ އެވެ. ރަން ކިއުމުގެ ދަރުބާރުގެ ވީޑިއޯއެއް ސޯޝިއަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ދަރުބާރުގައި ޒާރާ ވަނީ ލޯބީގެ ރީތި ލަވައެއް ވެސް ކިޔާފައެވެ. ދިވެހި ވަންތަ، ހުދު ހެދުމެއްގައި ޒާރާ ހުރި އިރު، އެ ހަފުލާވެސް ޒީނަތްތެރިކޮށްފައި ވަނީ ދިވެހިވަންތަކޮށެވެ.
ޒާރާގެ މި ލަވައިގެ ޅެމުން މާނަކޮށްދެނީ އޭނާ ސިޔާމަށް ދޭ ލޯބީގެ އަސަރު ގަދަ މެސެޖުތަކެކެވެ.
ރަންކިއުމުގެ ދަރުބާރުގައި ސިޔާމްވެސް އިންނެވި އިރު، ސިޔާމްގެ ވައަތް ފަޅީގައި އޭނާގެ ކޮއްކޮ، ހުސެއިން ސާލިމް މުހައްމަދުވެސް އިންނެވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، މި ކައިވެނީގެ ހަފުލާ މާދަންރޭ ވަރަށް ކުލަގަދަކޮށް ބާއްވާ އިރު، ހަވީރުން ފެށިގެންވެސް އެކި ކަހަލަ ހަރަކާތްތައް ކުރިޔަށް ދާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު