ގެއެއްގެ މަތިން ވެއްޓި މަރުވި ގއ. މާމެންދޫ/ ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ތަހުގީގީ ޑޮކިއުމަންޓްރީގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.
ވިފާގު އިބްރާހިމް އަދުނާން މަރުވީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެމްޕީއެލް ކުރިމަތީގައި ހުރި ގެއެއްގެ މަތިން ވެއްޓިގެންނެވެ.
"ބެލްކަނި"ގެ ނަމުގައި ގެނެސްދީފައިވާ އެ ޑޮކިއުމަންޓްރީގެ މައްސަލަ ބަލަން ބްރޯޑްކޮމް އިން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ބެލުމަށް ނިންމުމަށްފަހު ބްރޯޑްކޮމް އިން ޗެނަލް 13ގެ ސީއީއޯ އިސްމާއިލް ސޮފްވާނަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ޑޮކިއުމަންޓްރީ އިތުރަށް ނުދެއްކުމަށާއި އެ ޑޮކިއުމަންޓްރީ އެ ޗެނަލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނެގުމަށް އަދި އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ޑޮކިއުމަންޓްރީ ރައްކާކޮށްފައި ބެހެއްޓުމަށް އަންގައިފައެވެ.
އޭގެ އިތުރުން އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ޑޮކިއުމަންޓްރީ ރައްކާކޮށްފައި ބެހެއްޓުމަށާއި އެ މައްސަލަ ވަރަށް އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު