ހަމަލާއެއް ދީފިނަމަ ރައްދުގައި ހަމަލާ ދޭން ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް އުތުރު ކޮރެއާ ލީޑަރު ކިމް ޖޮން އުން އިންޒާރު ދެއްވައިފިއެވެ.
ކިމް ޖޮން އުން މިހެން ވިދާޅުވެފައިވަނީ އެ ގައުމުގެ ޓްރޭނިން ބޭސްތައް އިންސްޕެކްޓް ކުރުމަށް އިއްޔެ ކުރި ޒިޔާރަތަށްފަހު ކަމަށް އެ ގައުމުގެ ގައުމީ މީޑިއާއިން ބުނެއެެވެ.
ކިމް ޖޮން އުން ވިދާޅުވީ، އުތުރު ކޮރެއާގައި ހުރި ނިއުކްލިއާ ހަތިޔާރަކީ ވަރުގަދަ އެއްޗެއް ކަމަށާއި ނިއުކްލިއާ ބާރުގެ ބޭނުންކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައިވެސް އޭގެ ބޭނުން ކުރާނެ ކަމަށެވެ.
ދެ ކޮރެއާއާ ގުޅޭ ސަރަހައްދުގައި ދާދިފަހުން ވަނީ ނުތަނަވަސްކަން އުފެދި ދެ ގައުމުން ހަނގުރާމައަކަށް ތައްޔާރުވާ މަންޒަރު ސިފަވާވަރަށް ކަންކަން ގޯސްވެފައެވެ. މަޝްރަހު އިތުރަށް ގޯސްވީ ދެކުނު ކޮރެއާ އިން އެމެރިކާއާ ގުޅިގެން ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް ގެންދިއުމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ