މޯލްޑިވް ގޭސް ކުންފުނިން އެއާ ކޮންޑިޝަނާ ގޭސް ބަލްކުކޮށް ރާއްޖެ ގެނެސް ހެޔޮ އަގުގައި ވިއްކަން ނިންމައިފިއެވެ.
މޯލްޑިވް ގޭހަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު އެ ކުންފުނީގެ މާލޭ ޑިސްޓްރިބިއުޝަން ޔުނިޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މުހައްމަދު ވިދާޅުވީ ގޭހާ ގުޅުންހުރި ތަފާތު ވަސީލަތްތައް ވިއްކުމަށްޓަކައި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއް ތެރޭގައި އެ ކުންފުނީގެ ކުޑަ ފިހާރައެއް ހުޅުވާނެ ކަމަށެވެ.
"އޭގެ އިތުރަށް މިއަދު ރާއްޖެ ޒަމާނަށް ބަދަލުވަމުންދާ އިރުގައި އެއާކޮންޑިޝަނަކީ ވަރަށް ގިނަ ގޭގޭގައި ޒަރޫރީ ބޭނުމަށް ބޭނުންކުރެވޭ އެއްޗަކަށްވާތީ އަންނަ އަހަރުގެ ކުރީކޮޅު ބަލްކުކޮށް ރާއްޖޭގައި އެއާކޮންޑިޝަން ގޭސް އެތެރެ ކޮށްގެން ހެޔޮ އަގެއްގައި ވިއްކޭނެ ހިދުމަތް ފެށިގެންދާނެ،" އަބުދުﷲ ވިދާޅުވިއެވެ.
އޭގެ އިތުރުން މޯލްޑިވް ގޭހުގެ އެމްޑީ ވިދާޅުވީ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި އުންމީދަކީ އަންނަ އަހަރުގެ މެދުތެރޭ، ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވި، މަދުވެގެން ފަސް މަސް ދުވަހަށް ބޭނުންވާ ވަރަށް ގޭސް ރައްކާ ކުރާނެ ކެޕޭސިޓީ ރާއްޖޭގައި ހަމަޖެއްސުން ކަމަށެވެ.
"މިހާރު ވަނީ ސްޓޯރޭޖް ބޮޑު ކުރުގެ އަމަލި މަސައްކަތް ފެށިފައި. އުންމީދަކީ އަންނަ އަހަރުގެ މެދު ޖެހެންވާއިރަށް ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވި ހަރަތު މަސް ނުވަތަ ފަސް މަސް ދުވަހުގެ ގޭސް ރައްކާ ކުރެވޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖެހިގެން ދިއުން. ހަތަރު މަސް ނުވަތަ ފަސް މަސް ދުވަހުގެ ގޭސް ރައްކާކުރެވޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖެހިގެން ދިއުން،" އަބުދުﷲ ވިދާޅުވިއެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ މޯލްޑިވް ގޭސް ކުންފުންޏަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަނުގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލު ގެނައުމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފޭސް އެެކެއްގައި މޯލްޑިވް ގޭހުގެ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު