ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމް ދެއްވާ "ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް"، 22 ދަރިވަރަކު ހާސިލުކޮށްފިއެވެ.
އެ ދަރިވަރުންނަށް އެވޯޑު ހަވާލުކުރީ ދަރުބާރުގޭގައި މިރޭ ބޭއްވި ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސްގައެވެ. "ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސެލެންސް" އަކީ ވިލާ ކޮލެޖުން ކުރިއަށްގެންދާ ކޯސްތަކުގައި އެންމެ ފަހުރުވެރި ކާމިޔާބީތައް ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
ގާސިމް ދެއްވާ އެވޯޑު ހާސިލުކުރި 22 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ވައިސް ޗާންސެލާ، ޕްރޮފެސާ ސްޓޭވަން ވެސްޓާން އެވެ.
އެ އެވޯޑު ހާސިލުކުރި ދަރިވަރުންގެ ތެރޭގައި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓާ ސްޓަޑީޒްގެ ދަރިވަރުން ހިމެނެއެވެ. އޭގެ ތެރޭގައި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމުން މަތީ ވަނަ ހޯދި ދަރިވަރުން ވެސް ހިމެނެއެވެ.
- ބެޗެލާ އޮފް ޓީޗިން، ޕްރައިމަރީ، މަރިޔަމް ޝަހާ އަބްދުލްހަކީމް
- ބެޗެލާ އޮފް ޓީޗިން، ޓީޗިން އިންގްލިޝް އިން ސްޕީކާސް އޮފް އަދާ ލެންގުއޭޖާސް، އަހުމަދު ހަނޫޝް އަލީ
- ބެޗެލާ އޮފް ޓީޗިން ދިވެހި ލެންގުއޭޖު، ޒިދުނާ ޝަފީގު
- ބެޗެލާ އޮފް ޓީޗިން މެތެމެޓިކްސް، އާސިޔާ ސޯލިހު
- ބެޗެލާ އޮފް ސައިކޮލޮޖީ، ފާތިމަތު ލަމްހާ އަހުމަދު
- ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ، ހައްވާ ޝިއުނާ
- ބެޗެލާ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިން، ފާތިމަތު ޒިދުނާ
- ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ބެޗެލާ އޮފް އާޓްސް، ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިން، ޝިއުރާ އާމިރު
- ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ބީއެސްސީ އޮނާސް ކޮމްޕިއުޓާ ސައިންސް، އާއިޝަތު އާނިޔާ ޝަމީމް
- ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ބީއެސްސީ އޮނާސް އިން އެކައުންޓިން އެންޑް ފައިނޭންސް، އާއިޝަތު ދީމާ މުހައްމަދު
- ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ބީއެސްސީ އޮނާސް ނާސިން އިންޓަނޭޝަނަލް، މަރިޔަމް ސިރުމީން
- މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މަރިޔަމް ނަޝާ ހާޝިމް
- މާސްޓާ އޮފް ސައިންސް، އެކައުންޓިން އެންޑް ފައިނޭންސް، އައްސަދު ހައްމާދު
- ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާ އޮފް ސައިންސް ނާސިން އިންޓަނޭޝަނަލް، ޝާޒިޔާ މުހައްމަދު
- މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޭޖްމަންޓް، ފާތިމަތު ހުމައިސާ
- މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޭޖްމަންޓް، މުހައްމަދު އިރާސް
- މާސްޓާ އޮފް އެޑިއުކޭޝަން އިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް، ސޯބިރާ ޝަރީފް
- މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިން، ފާތިމަތު ލަމްހާ
- މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ސްޕެޝަލައިޒޭޝަން އިން ކްރިމިނަލް ލޯ، އަހުމަދު ލީވާން ނިޔާޒް
- މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ސްޕެޝަލައިޒޭޝަން އިން ކްރިމިނަލް ލޯ، ފާތިމަތު ރިޒްނާ
- މާސްޓާ އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް، ޖައުފަރު މުހައްމަދު
- މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް، އަލީ އަކްރަމް
އެ އެވޯޑުގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ ބުކް ޕްރައިޒް އާއި ޑީންސް އެވޯޑު އަދި ކޮލެޖު މެޑަލް ހޯދި ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްފައެވެ.
ވިލާ ކޮލެޖުން އިއްޔެ ވަނީ އެ ކޮލެޖުން ދަސްވެނިވި ދަރިވަރުންނަށް ވެސް ސެޓިފިކްޓް ހަވާލުކޮށްފައެވެ. ވިލާ ކޮލެޖުން މިއަހަރު ދަސްވެނިވީ 1،237 ދަރިވަރުންނެވެ. އޭގެ ތެރެއިން 71 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ. އަދި 29 ޕަސެންޓަކީ ފިރިހެން ދަރިވަރުންނެވެ.
ވިލާ ކޮލެޖުން ބުނީ މިއަހަރު 53 ޕްރޮގްރާމްއަކުން ދަރިވަރުން ދަސްވެނިވެފައިވާ އިރު، އޭގެ ތެރެއިން 15 ޕްރޮގްރާމަކީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ދަސްވެނިވުނު ދަރިވަރުން ކަމަށެވެ. އަދި 38 ޕްރޮގްރާމްއަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު