މިމަހުގެ 29 ވަނަ ދުވަހު ދުނިޔޭގެ ސަތަހައަށް އެސްޓްރޮއިޑެއް ވަންނާނެ ކަމަށް ސައިންސުވެރިން ބުނެފިއެވެ.
މިމަހުގެ 29 ވަނަ ދުވަހުން އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމަޔަށް އެ އެސްޓްރޮއިޑެއް ދުނިޔޭގެ ސަތަހައިގެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށް ނާސާއިން ބުނެއެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނާސާގެ "އެސްޓްރޮއިޑް ޓެރެސްޓްރިއަލް އިމްޕެކްޓް ލާސްޓް އެލާޓް ސިސްޓަމް" އިން ހޯދާފައިވާ އެ އެސްޓްރޮއިޑަށް ކިޔާ ނަމަކީ (އެސްޓްރޮއިޑް 2024 ޕީޓީ5) އެވެ.
ނާސާއިން ވަނީ މި މަހުގެ 29 ވަނަ ދުވަހުން އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ދެމެދު އެ އެސްޓްރޮއިޑް ދުނިޔޭގެ ގްރެވިޓޭޝަނަލް ބާރު ފޯރާ ސަރަހައްދަށް ވަދެ ދުނިޔޭގެ ސަތަހައިގެ ތެރޭގައި ދައުރުކުރާނެކަމަށް ބުނެފައެވެ. އެއަށްފަހު ނޮވެމްބަރު 25 ވަނަ ދުވަހު އެސްޓްރޮއިޓް އިރާ ދިމާލަށް ދައުރުވާން ފަށާނެ ކަމަށާއި އަލުން އަނެއްކާވެސް ސޯލާ ސިސްޓަމްގައި ދައުރުވާން ފަށާނެ ކަމަށް ނާސާއިން ފާހަގަކޮށްފައިވެއެވެ.
ނާސާގެ ސައިންސްވެރީން ބުނެފައިވާ ގޮތުގައި މިމަހު ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަންނަ އެސްޓްރޮއިޑް ކުޑަވެފައި އެ އެސްޓްރޮއިޑް ދައުރުކުރާ ބާރުމިނުގެ ސަބަބުން އެ އެސްޓްރޮއިޑްގެ ހަރަކާތްތައް ބެލުމުގައި ދަތިތަކެއް ހުންނާނެ އެވެ.
އެސްޓްރޮއިޑް ބަލަން ބޭނުން ނަމަ ބޭނުން ކުރަން ޖެހޭނީ ޕްރޮފެޝަނަލް ޓެލެސްކޯޕެއް ކަމަށްވެސް ނާސާގެ ސައިންސުވެރިން ބުނެއެވެ.
ނާސާއިން ލަފާކުރާ ގޮތުގައި، މި އެސްޓްރޮއިޑް ދުނިޔޭގެ ސަތަހައަށް ދެން ވަންނާނީ 2051 ވަނަ އަހަރު އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ