ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ މަގުސަދުގައި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އިއުލާނުކޮށްފި އެވެ.
އުރީދޫން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް އާ މަގުތަކެއް ހުޅުވި، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެ، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އުރީދޫގެ ހިއުމަން ރިސޯސް ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ ވިލާ ކޮލެޖާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ލީޑަރުން އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށެވެ.
"ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަނަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކޮލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ." ފަޒްނާ ވިދާޅުވިއެވެ.
އުރީދޫން ބުނީ، ޓެލެކޮމިއުނިކޭޝަން އަކީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ހަލުވިކަމާއެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތް ކަމަށެވެ. މި ސިނާއަތް ކުރިއަރަމުން އަންނައިރު، އެކަމަށް ބޭނުންވަނީ އިލްމީ އަދި އުފެދޭ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ތިބި ހުނަރުވެރި މަސައްކަތްތެރިން ކަމަށާއި ވިލާ ކޮލެޖާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕްމެދުވެރިކޮށް އުރީދޫގެ އަމާޒަކީ މި ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރުވުން ކަމަށެވެ.
އުރީދޫން ބުނީ، ވިލާ ކޮލެޖާއެކު ވެވުނު އެއްބަސްވުމާއެކު، ދަރިވަރުންނަށް އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ދަރިވަރުންނަށް ހެދޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފައެވެ. ބައިނަލްއަގްވާމީ މި އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްފާހަގަކޮށްދޭ އެވޯޑެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު