ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ ގެ ހަށިގަނޑު މާލެއަށް ގެންނަން ފުލުހުން ނިންމައިފިއެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު މިރޭ "ވަން" އަށް ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑާ އެކު ފުލުހުންގެ ޓީމެއް މިރޭ 10:45 ހާއިރު އެ ރަށުން ފުރާފައިވާ ކަމަށެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންނަނީ ޕޯސްޓްމޯޓަމް ހަދަން ކަމެއް ސާފެއް ނޫނެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނީ ޒަކިއްޔާ މަރުވެފައި އޮތީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު އެ ގެއިން ކުނި ނަގަންދިޔަ މުނިސިޕަލް މުވައްޒަފުންނަށް ކަމަށްވެސް ބުންޏެވެ.
ޒަކިއްޔާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އަދި އޭނާ އޮތް ސަރަހައްދު ކައިރިން ބޮޑު ވަޅިއެއް ވެސް ފެނިފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ ރަށު މީހުން ބުންޏެވެ.
ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން ހާއްސަ ޓީމެއް މިއަދު ހަވީރުން ފެށިގެން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު