ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ މީގެ ކުރިން ހިންގަމުން އައީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ.
ނަމަވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް ސޮއިކުރައްވައި މިއަދު ނެރުއްވި ދެންނެވުމުގައި ބުނީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ އިހުތިޔާރުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީ މިއަދުން ފެށިގެން ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ކޮމިއުނިކޭޝަން އޮތޯރިޓީ ބަދަލުކުރި އިރު، ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަންއާއި މޯލްޑިވްސް ކަސްޓަމްސްއާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް ހިންގަމުން އަންނަނީ އެ މިނިސްޓްރީގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު