ގައުމީ ސަލާމަތާ ބެހޭ ކަންކަމުގެ މަސައްކަތް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ނޫން ފަރާތްތަކަށް ވެސް ހަވާލުކުރުމުގެ ބާރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފައިވަނީ މާލިއްޔަތު ގަވާއިދުގެ 10.20 ވަނަ މާއްދާގެ ރ. އާއި 10.49 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރަށެވެ.
އެ މާއްދާގައި ކުރިން އޮންނަ ގޮތުންނަމަ ބިޑު ހުށަހެޅުމެއްނެތި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ ބާރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ލިބިގެންވެއެވެ. ނަމަވެސް އެގޮތަށް ބިޑު ކުރުމެއްނެތި އަދި ސިންގަލް ޕްރޮކިއުމެންޓް އުސޫލުން މަސައްކަތް ހަވާލުކުރެވޭނީ ދިވެހި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކާއި ފުލުހުންނާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް ގަވާއިދުގައިވެއެވެ.
އަދި އެގޮތަށް އެފަދަ މަސައްކަތެއް ހަވާލުކުރާ ފަރާތަކުން އެ މަސައްކަތް އެހެން ފަރާތަކަށް ސަބް ކޮންޓްރެކްޓް ގޮތުގައި ހަވާލު ނުކުރެވޭނެއެވެ.
ނަމަވެސް އާ އިސްލާހުގައި މިހާރު ވަނީ އެ ބައިތައް އުވާލައިފައެވެ. އަދި ވަނީ ސިފްކޯއާއި ޕޮލްކޯ ނޫން ކުންފުނިތަކަށް ވެސް އެފަދަ މަސައްކަތް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު