އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ލޯގޯ ދޫކުރުން ހުއްޓާލައި، އެފަދަ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.
ކާބޯތަކެތި އުފެއްދުމުގެ މަސައްކަތްކުރާ އެންމެ ކުދި ވިޔަފާރިތަކަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ބީސީސީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން (އެމްއެފްޑީއޭ) މި އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ތައާރަފުކުރި "އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ލޯގޯ ދޫކުރުމުގެ އުސޫލު" މިހާރު ވަނީ ބާތިލްކޮށް އުވާލައިފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކަމާ ގުޅޭ އާ އުސޫލެއް ވަނީ އާންމު ކޮށްފައެވެ.
ބީސީސީން މިއަދު ބުނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ލޯގޯ ދޫކުރުން ހުއްޓާލައި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރަންޖެހޭ ގޮތަށް އެމްއެފްޑީއޭ އިން ހަމަޖެއްސުމާ ގުޅިގެން އެ ފަރާތްތައް ދަފްތަރު ވުމަށް ބީސީސީން އަލުން ހުޅުވާލާފައިވާ ކަމަށެވެ.
ބީސީސީން އެގޮތަށް ނިންމީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ހިދުމަތް ހޯދުމަށްޓަކައި ފޯމު ހުށަހެޅުމުގެ މަރުހަލާގައި އިތުރު ހަރުފަތެއް ގިރާކުރަން ނުޖެހި، ހިދުމަތް ހޯދުމުގައި އެންމެ ލުއިފަސޭހަ ވާނެ ގޮތަކަށް އުސޫލު ބައްޓަން ކުރުމުގެ ގޮތުން ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.
އެމްއެފްޑީއޭ އިން އާންމުކުރި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ގައިވާ ގޮތަށް އެ އޮތޯރިޓީން އެ ހިދުމަތް ހޯދުމަށް ރަޖިސްޓާ ކުރަން ޖެހޭނީ މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް "ދިރިތި" ޕޯޓަލް މެދުވެރި ކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު