ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ދީފިއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖު އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
- ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން - އަލްމަރްޙޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް
- ސިއްހީ ދާއިރާއިން - ޑރ. އަބްދުލް އަޒީޒު ޔޫސުފް
- ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން - މުހައްމަދު މާޖިދު
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން - މޫސާ ލަތީފް
- ކުޅިވަރުގެ ދާއިރާއިން - މުހައްމަދު ނާސިރު
- ކުޅިވަރުގެ ދާއިރާއިން - އަހުމަދު މުހައްމަދު
- ޕާފޯމިން އާޓްސްގެ ދާއިރާއިން - ހަސަންމަނިކު
- ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން - އަލްގާރީ އަހުމަދު އިބްރާހީމް
- ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން - އަލްއުސްތާޒު އަބްދުއްރަޙްމާން ޔޫނުސް
- ދީނީ ރޮނގުން ހިދުމަތްކުރުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން - އައްޝައިޚް އިއްޒައްދީން އަދުނާން
- ދީނީ ރޮނގުން ހިދުމަތްކުރުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން - އައްޝައިޚް އަހުމަދު މައުމޫން
- ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން - އިސްމާއީލް ސާޖިދު
- ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން - އިބްރާހީމް ތައްހާނު
- ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން - ރިޔަން ޕްރައިވެޓް ލިމިޓެޑް
- އިގުތިސާދަށް މުޅިން އާ ހިދުމަތްތަކާއި މަސައްކަތްތައް ތައާރަފުކޮށް، ތަރައްގީކޮށް، ކުރިއެރުވުމުގެ ރޮނގުން - އާމިރު މަންސޫރު
- އޮޑިދޯނިފަހަރު ބަނުމާއި ޔޮޓްފަހަރު ބަނުމުގެ ރޮނގުން: އަބްދުއްރަޙްމާނު ޔޫސުފު
- ކަލިނަރީ އާޓްސްގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަރައްގީކުރުމުގެ ރޮނގުން - ފާތިމަތު އުމަރު
- ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން - ހުސައިން އަލީ
ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު