ށ. ކަނޑިތީމުގައި ސިހުރު ހަދާކަމުގެ ތުހުމަތާއެކު ބައެއް ގޭގެ ފާސްކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ކަނޑިތީމުގައި ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ކަނޑިތީމުގެ ބައެއް ގޭގެ އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑިތީމުގެ ބައެއް ގޭގެ ބަލައި ފާސްކުރި ނަމަވެސް، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ގޭގެ ބަލައި ފާސްކޮށް، އެއްޗެއް ހޯދިފައިވާ ކަމެއް ފުލުހުން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު