މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒިޔާދު އާއި އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާޕާސަން މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ގެނައި ބަދަލުތައް އާންމުކޮށްފައެވެ. އޭގައިވާ ގޮތުން އެ ދެ ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުން އަލަށް އުފައްދާ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ޕީސީބީން ވަނީ މީހުން އައްޔަން ކޮށްފައެވެ. އެ ބޭންކުގެ ބޯޑަށް އައްޔަންކޮށްފައިވަނީ އަހުމަދު އަލީ، ސައީދު އަބްދުއްނާސިރު އަދި ރޮބާޓް ޑެނިއަލް ކާންޓެވެ.

ޕީސީބީން ބުނީ އެ ބަދަލުތަކަކީ "ދައުލަތުގެ ވިޔާފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ.