ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ޝެފް އެވޯޑަށް ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސީޖީއެމް ޝެފްސް އެވޯޑްސް 2024 އަކީ ކަލިނަރީ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޝައުގުވެރިވާ ޝެފުންނާއި ރާއްޖޭގައި ކަލިނަރީ އާޓްސް ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އުފެއްދުމުގެ ގޮތުން ދޭ ދެ އަހަރު ދުވަހުގެ އެވޯޑެކެވެ.
ސީޖީއެމް އިން މިއަދު މީޑިއާތަކަށް ބުނީ ރާއްޖޭގައި ކަލިނަރީ ޕްރޮފެޝަން ބައިނަލްއަގުވާމީ ފެންވަރަށް މަތިކޮށް، ގިނަ އަދަދެއްގެ ޕެޝަނެޓް ޝެފުން ފޯރުކޮށްދީ، އެ މީހުންގެ ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ފޯރުކޮށްދޭ އިންޑަސްޓްރީއެއް ކަމަށްވާ ޝެފްސް އެވޯޑްސް 2024 އަށް ނޮމިނޭޓްވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ސީޖީއެމް އިން ސްކޫލުތަކާއި ދިވެހި މުޖުތަމައުތައް އަމަލީގޮތުން ބައިވެރިކޮށް، ދިވެހިވަންތަ ތަކެތި ކެއްކުމާއި ބޭނުންކުރުމުގެ ފަންނު ކުރިއެރުވުމުގެ ހަރަކާތްތަކުގައި ހަރަކާތްތެރިވަނީ ނެތިދިއުމުގެ ނުރައްކާ އޮތް އާދަކާދަތަކާއި ކެއުންތައް ދެމެހެއްޓުމަށެވެ.
އެ އެވޯޑްސްގައި ދިވެހި އަދި ބައިނަލްއަގުވާމީ ޝެފުންނާއި އެ ފަރާތްތަކުގެ ކާމިޔާބީތަކާއި، ދިވެހީންނަށް ކުރާ އަސަރު ފާހަގަކުރުމަށް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސީޖީއެމް އިން ބުންޏެވެ.
ސީޖީއެމް އިން ބުނީ 2022 ވަނަ އަހަރު ޝެފްސް އެވޯޑްސް އިފްތިތާހުކޮށް، ސީޖީއެމްގެ އަމާޒަކީ ކަލިނަރީ ޕްރޮފެޝަނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ލިބޭ ފުރުސަތުތައް ކުރިއެރުވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ކާމިޔާބީގެ އަގުވަޒަން ކުރުން ކަމަށެވެ.
"އަމާޒަކީ ބައިނަލްއަގުވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރެވޭނެ ގައުމީ ކަލިނަރީ ޓީމެއް އެކުލަވާލައި، މިހާރުވެސް ގައުމު ތަމްސީލުކޮށްފައިވާ ފަރާތްތަކުގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ތެރޭގައި ކަލިނަރީގެ ހުނަރުގެ ފުންމިނާއި ހަރުދަނާކަން ފާހަގަކުރުން،" ސީޖީއެމް އިން ބުންޏެވެ.
ސީޖީއެމް ޝެފްސް އެވޯޑްސްގެ ދެވަނަ އެޑިޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ހުރިހާ ޝެފުންނަށާއި ފަތުރުވެރިކަމުގެ ހުރިހާ ތަންތަނަށެވެ. އަދި އެ ޝަރަފުވެރި އެވޯޑުތަކަށް ވާދަކުރުމަށް ލޯކަލް ވިޔަފާރިތަކާއި ރެސްޓޯރެންޓުތަކުން އެ ފަރާތްތަކުގެ އާދަޔާ ހިލާފު ކަލިނަރީ ޕްރޮފެޝަނަލުން ނޮމިނޭޓްކުރުމަށް ފުރުސަތު އޮތް ކަމަށާއި އެވޯޑު ހާސިލުކުރުމަށް ބައިވެރިކުރުމަށް ސީޖީއެމް އިން ބާރުއަޅައެވެ.
ސީޖީއެމް އިން ބުނީ ކެޓަގަރީތަކަކީ، ހުރިހާ ގައުމަކަށް ވެސް ހުޅުވާލެވިފައިވާ ކެޓަގަރީތަކެއް ކަމަށެވެ.
- މޯސްޓް އައުޓްސްޓޭންޑިން އެގްޒެކެޓިވް ޝެފް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ސޫސް ޝެފް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ކޮމްޕެޓިޝަން ޝެފް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން އެޑިއުކޭޝަން ޝެފް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ޕޭސްޓްރީ ޗެފް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ބޭކާ އެވޯޑް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ކޭކް އާޓިސްޓް އެކްސަލަންސް އެވޯޑް އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ރެސްޓޯރަންޓް ޗެފް (ނޮން-ރިސޯޓް) އޮފް ދަ އިޔާ 2024
- މޯސްޓް އައުޓްސްޓޭންޑިން ޔަންގް ޗެފް އޮފް ދަ އިޔާ 2024
- ރިކޮގްނިޝަން އެންޑް ލޯންގް ސާވިސް ސްޕެޝަލް އެވޯޑް
ސީޖީއެމް އަކީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ޑަބްލިއުއޭސީއެސް) އިން އެންޑޯސްކޮށްފައިވާ ސީޖީއެމް އަކީ އޮތޮރައިޒްކޮށްފައިވާ ކަލިނަރީގެ ރާއްޖޭގެ ގައުމީ އެސޯސިއޭޝަނެވެ.
ސީޖީއެމް އެވޯޑަށް ނަން ހުށަހަޅާ ފޯމު: https://form.jotform.com/242163311972452
ޚަބަރު
ޚަބަރު
ޚަބަރު