މީގެ ކުރިން ސިއްރުކުރަން ނިންމާފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީ އާއި ދަރަނީގެ ސިޔާސަތު އާންމުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެކަން އެގޮތަށް ނިންމިކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.
ދައުލަތުގެ ހަރަދާއި އާމްދަނީ އަދި ދަރަނީގެ ސިޔާސަތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރުމަށްފަހު އެ މައުލޫމާތު ސިއްރު ކުރެއްވުމަށް ފިނޭންސް މިނިސްޓަރު މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް އެ މިނިސްޓްރީން ފޮނުއްވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދަރަނީގެ ސްޓެރެޓެޖީ އަދި ފިސްކަލް ސްޓްރެޓެޖީ ސިއްރުކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ދަރަންޏާއި މާލީ ސިޔާސަތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓުގައި ވެސް އާންމު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެއީ ރައްޔިތުންނަށް ތަފްސީލުކޮށް އެނގެން ޖެހޭ މައުލޫމާތުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު