ވިއްސާރައާ ގުޅިގެން މާދަމާ ސަރުކާރު ބަންދު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފިއެވެ.
މަޖިލީހުން މިރޭ ވަނީ މާދަމާގެ އެޖެންޑާ އާންމުކޮށްފައެވެ. މާދަމާ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސުވާލު ކުރެއްވުމެވެ.
މައުރޫފް، މިނިސްޓަރާ ސުވާލުކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރުން ލައިޓް ޖަހަން ނިންމައިފައިވާ ކެންދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ އިތުރުން ފުޓްސަލް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އެޅޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ، ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތްވެސް މާދަމާގެ އެޖެންޑާގައި ހިމަނާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީމް ހުށަހަޅުއްވާފައިވާ "އާބަން ޑިވެލޮޕްމެންޓް ބިލް" ގެ ފުރަތަމަ ކިޔުންވެސް ވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމެންޓް ބިލާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ދިވެހިރާއްޖޭގެ މާލީ ސެކިއުރެޓީޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ މަރުހަލާ ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު