ޔޫޓިއުބްގެ ކުރީގެ ވެރިޔާ ކެންސަރު ބަލީގައި މަރުވެއްޖެއެވެ.
ޔޫޓިއުބްގެ ކުރީގެ ވެރިޔާ އަދި އެ ކުންފުނީގެ އެންމެ ފުރަތަމަ މަސައްކަތް ކުރި މީހުންގެ ތެރޭގައި ހިމެނޭ ސޫޒަން ވޮޖްސިސްކީ މަރުވެފައިވަނީ ފުއްޕާމޭގެ ކެންސަަށް ފަރުވާދެމުން ދަނިކޮށްކަމަށް އޮފިޝަލުން ބުނެއެވެ.
އުމުރުން 56 އަހަރުގެ ސޫޒަން މަރުވެފައިވާކަން އާންމުކޮށް އެ ކުންފުނިން ވަނީއ ކުންފުނި ފެށުމުގައި ބައިވެރިވެފައިވާ ސޫޒަން މަރުވި ހަބަރު އެއީ ހިތާމަވެރި ހަބަރެއް ކަމަށާއި އާއިލާއަށް ތައުޒިޔާ ފޮނުވާކަމަށް ބުނެފައެވެ.
ޔޫޓިއުބްގެ އިތުރުން ގޫގުލް ފަށާފައި ވަނީ 1998 ވަނަ އަހަރު ސޫޒަންގެ ގޭގައި ހުންނަ ގަރާޖެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ. ސޫޒަން އޭރު މަސައްކަތް ކުރަމުން ގެންދިޔަ އިންޓެލް ޗިޕް އުފައްދާ ކުންފުނި ދޫކޮށް ގޫގުލް އާއި ގުޅުނީއެވެ. ސޫޒަން ވެފައި ވަނީ ގޫގުލް އަށް ވަތް 16 ވަނަ މުވައްޒަފުކަމުގައެވެ.
ގޫގުލްގައި މަސައްކަތް ފެށުމަށްފަހު ސޫޒަންގެ ވަނީ އޭނާގެ ސީދާ ބެލުމުގެ ދަށުން ޔޫޓިއުބް އުފައްދައި އެ ކުންފުނި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސޫޒަން ގޫގުލް ދޫކޮށްލާފައިވަނީ މިދިޔަ އަހަރުއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ