ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިން ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ ރިއަލް އެސްޓޭޓް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ އެންމެ ބޮޑު އެކްސްޕޯ، ލިވިން އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ދަނީ އެ ބޭންކުން ލިބެން ހުރި ފައިނޭންސިން ފުރުސަތުތަކަށާއި ދެމުންދާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދެމުންނެވެ.

އަދި ސްޓޯލުން ބޭންކުގެ މުވައްޒަފުންނާއި ބައްދަލުކޮށް ފައިނޭންސިންއާ ގުޅޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ. އަދި މި ވަގުތު މާކެޓުގައި އެންމެ ދިގު މުއްދަތް ކަމަށްވާ، 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބެއެވެ.

ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިން ޕްރޮޑަކްޓުތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑުވެސް ތައާރަފުކޮށްފައެވެ.

މިއަދަކީ ލިވިން އެކްސްޕޯގެ އެންމެ ފަހު ދުވަހެވެ. އެ އެކްސްޕޯ މިރޭ 11:00 ޖަހަންދެން ކުރިއަށްދާނެއެވެ.