ރާއްޖޭގެ ކޮންމެ އަތޮޅަކަށް މާސްޓަ ޕްލޭނެއް ހަދައި، ރަށްރަށުގައި ގެސްޓްހައުސްތައް ހަދަން ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ގެސްޓްހައުސް ހަދަން ޒުވާނުންނަށް ފުރުސަތު ދޭން އިތުރު މަސައްކަތް ތަކެއް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑު ހުރިހާ ޒުވާނުންނަށް ބުނެލަން ބޭނުން ވަނީ މިއީ ޓޫރިޒަމްގަ ޒުވާނުން ނުކުމެ އިންވެސްޓް ކުރަންވީ ވަގުތު. އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާއި އެމްއައިބީއާއެކު މަޝްވަރާކުރަމުން، ޓޫރިޒަމް ޕްރޮޑޮކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންސްޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސް/ހޮޓެލް އަޅަން ލޯނުތަކެއް ދޭން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ލޯނުތަކަށް މި އަހަރު ހުޅުވާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ފައިސަލް ވިދާޅުވީ މި މާސްޓަ ޕްލޭން ނިމޭއިރު އަތޮޅަކަށް އެންމެ ގިނައިން ބޭނުންވާ ގެސްޓްހައުސް އެނދުގެ އަދަދު ވެސް އެނގިގެން ދާނެ ކަމަށެވެ.
"ކޮންމެ އަތޮޅެއްގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމާއެކު އަތޮޅު ޕްރޮމޯޓް ކުރުން އޭރުން އެމްއެމްޕީއާރުސީ ބަޖެޓުން ފެށިގެންދާނެ. އޭރުން އެ ރަށެއްގައި ހުރި ޔުނީކް ސެލިން ޕޮއިންޓްތައް ޕްރޮމޯޓް އައިޑެންޓިފައި ކުރެވި އެމްއެމްޕީއާރުސީން ޕްރޮމޯޓް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ވަނީ އަންނަ އަހަރުން ފެށިގެން ދެ ޓެކުހަކުން ބައެއް ޓޫރިޒަމް މާކެޓިންއަށް ހާއްސަ ކުރަން ނިންމާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު