ފަލަސްތީނާއި އެގައުމުގެ ރައްޔިތުންގެ ނަސްލު ނައްތާލުން ނިމުމަކަށް ގެނެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކޮށްގެން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިއަދު ރާއްޖެ ތަމްސީލު ކުރައްވައި ޒަމީރު ވިދާޅުވީ ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތެއްގެ މަތިން ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.
ޒަމީރު ވިދާޅުވީ އިޒްރޭލު-ފަލަސްތީނު ހަނގުރާމަ ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އަސާސީ ކަންކަމަށް ބޭނުންވާ އެހީ ލިބެމުންދާކަން ކަށަވަރުކުރުމަކީ މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ރާއްޖެއިން ދެމި އޮންނާނީ ފަލަސްތީނާއެކު ކަމަށާއި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ވެސް ރާއްޖެއިން ދެމިއޮންނަނީ ފަލަސްތީނާއެކު ކަމަށް ޒަމީރު ވިދާޅުވިއެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކެއް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.
އޯއައިސީގެ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ވެސް ކުށްވެރިކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު