ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް، އެމްޑީ ގޮލަމް ސަރުވާރު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފުވުމުގެ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެމްޑީ ގޮލަމް ސަރުވާރު، 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެމްޑީ ގޮލަމް ސަރުވާރު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާވެސް ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސާކްގެ އެސްޖީގެ ދަތުރުގައި އޭނާގެ އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރު ޝާހިޔާ އަލީމަނިކުގެ އިތުރުން ބަވެޝް ރ. ޓްރިވެޑީވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު