ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އޮޅިގެން ބައެއް މީހުންގެ އެކައުންޓަށް ޖަމާކޮށްދެވުނު ފައިސާތައް އަނބުރާ ހޯދައިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއަށް އޮޅިގެން މިއަދު ވަނީ ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ޖަމާކޮށްދެވިފައެވެ. ނަމަވެސް އެކައުންޓުތަކަށް ފައިސާ ޖަމާވިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފަހުން ބީއެމްއެލުން ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން ޑައުންކޮށްފައެވެ.
ބީއެމްއެލް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުން މުސާރަ ދިނުމަށް ބަލްކް ޕޭމަންޓުގެ ހިދުމަތެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. ބައެއް މީހުންގެ އެކައުންޓުތަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރެވުނީ އެ ހިދުމަތުގެ ތެރެއިން މުވައްޒަފަކަށް ހެދުނު ގޯހަކުން ކަމަށްވެސް ބުންޏެވެ.
ބޭންކުން އިތުރަށް ބުނީ، އެކައުންޓުތަކަށް އޮޅިގެން ޖަމާކުރެވުނު ފައިސާތައް މިހާރު އަނބުރާ ހޯދާފައިވާ ކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކަމުގެ ޔަގީންކަން ކަސްޓަމަރުން ދޭ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު