ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 871 މިލިއަން ރުފިޔާ ނުދެއްކި އެބައޮތް ކަމަށް އެ އެޖެންސީން ބުނެފިއެވެ.
އެ އެޖެންސީން މިހެން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެދުމުގެ މަތިން އެކި ފަރާތްތަަކަށް ނުދައްކާ އޮތް ފައިސާއާ ބެހޭގޮތުން ކޮމިޓީއަށް ފޮނުވި މައުލޫމާތުގެ ތެރޭގައެވެ.
އެންސްޕާއިން ބުނެފައިވަނީ އެ ފައިސާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު ދައްކަން ޖެހިފައިވާ ފައިސާ ކަމަށެވެ.
އެގޮތުން އެ ފައިސާއަކީ 17 ނޮވެމްބަރު 2023 ގައި ކުރީގެ ސަރުކާރު ނިމުނު އިރު، އެހާތަނަށް އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާ ކަމަށްވެެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު