އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ދަރިވަރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިސް ކޮލެޖު، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދިން ނަމަވެސް އެއް ކުއްޖަކު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

އައިސީޔޫގައި ދެން އޮތް ކުއްޖާއާ ގުޅޭ މައުލޫމާތު ދެމުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުއްޖާގެ ހާލުވެސް ރަނގަޅުވަމުން އަންނާތީ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، ދަރިވަރުން ބަލިވީ ކޮން އެއްޗެއް ކައިގެންކަން ސާފުވާނީ ލެބް ރިޕޯޓުތައް ލިބުމުންނެވެ.