ބެންކޮކްގެ ހޮޓަލުގައި މަރުވި މީހުންގެ ހަށިގަނޑުން ނުރައްކާތެރި ''ސިޔަނައިޑް''ގެ އަސަރު ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މަޝްހޫރު ލަގްޒަރީ ހޮޓާ، ހަޔާޓް ގްރޭންޑުގައި ބުދަދުވަހު ވަނީ އެއް ކޮޓަރިއްގެތެރޭ މަރުވެގެން ވެއްޓިފައި އޮތް 6 މީހެއްގެ ހަށިގަނޑު ފެނިފައެވެ.
އެ ހޮޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރިން ފެނުނު ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ތިން ފިރިހެނުން ކަމަށް ތައި ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މީގެ ކުރިން ވަނީ އެ ހޮޓަލަށް ޗެކިން ވެފައި ވަނީ ޖުމުލަ ހަތް މީހުން ކަމަށާއި މަރުވި މީހުންގެ އިތުރުން ދެން ޗެކިންވި މީހާ ހޯދަމުން އަންނަކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެވާހަކަ އަނބުރާ ގެންގޮސް ޗެކިން ވީ ޖުމުލަ ހަ މީހުން ކަމަށް ބުނެފައެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން ކުރި ތަހުލީލުތަކުން، މަރުވި މީހުން ބޭނުންކުރި ތަށިތަކުން "ސިޔަނައިޑް" ގެ އަސަރު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ