ތައިލެންޑުގެ ހޮޓަލަކުން މަރުވެފައިއޮތް ހަ މީހަކު ފެނިއްޖެއެވެ.
މި ހަ މީހުން ފެނިފައިވަނީ މެދުތެރޭ ބެންކޮކްގެ ލަގްޒަރީ ހޮޓާ، ''ދަ ގްރޭންޑް ހޮޓެލް'ގެ' ކޮޓަރިއަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުގެ ފުލުހުން އެ ހޮޓާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވާއިރު އެމީހުން މަރުވި ސަބަބު ހޯދުމުގެ ތަހުގީގު ފަށާފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ތައިލެންޑުގެ ފުލުހުންގެ އޮފިޝަލަކު ވަނީ މިހާތަނަށް ބެލިބެލުމުން މަރުވި އެންމެންވެސް މަރުވެފައިވަނީ ވިހައެއްގެ އަސަރުކޮށްގެން ކަމަށް ފާހަގަވެފައިވާކަމަށް ބުނެފައެވެ.
ތައިލެންޑުގެ ދަ ގްރޭންޑް ހޮޓަލުގެ ފަސް ވަނަ ބުރީގައި ހުރި ކޮޓަރިއެއްގައި ތިބި ބަޔަކު ޗެކައުޓް ކުރަން ޖެހޭ ވަގުތު ފަހަނައަޅައި 24 ގަޑިއިރު ވުމުން އެ ހޮޓަލުގެ މުވައްޒަފުން ގޮސް ބެލި ބެލުމުން މަރުވެފައިވާ މީހުން ފެނުނީ ކަމަށްވެސް ހޮޓަލުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުގެ ފުލުހުން ވަނީ އެކޮޓަރިން ފެނުނު އެއްވެސް މީހެއްގެ ހަށިގަނޑުން އަނިޔާއެއްގެ އަސަރެއް ފެންނަން ނެތް ކަމަށާއި އެމީހުން ބުއި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަށީގެ ބޭރުން ހުދުކުލައިގެ ޕައުޑަރެއް ފެނިފައިވާކަމަށްވެސް ބުނެފައެވެ.
ފުލުހުން ވަނީ އެމީހުންނާއެކީ ހޮޓަލަށް ޗެކިން ވެފައި ވަނީ ހަތް މީހުން ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވާ ހަމީހުންގެ މަރާއި މަދުވާ މީހާއާ ގުޅުން ހުރިކަމަށް ބަލައި އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ