ގުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ހާފިޒުކަމުގެ ޝަރަފުވެރި ތާޖު ހަވާލުކޮށްފި އެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހާފިޒުކަމުގެ ތާޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ހާފިޒުކަމުގެ ތާޖު ލިބުނު ފަރާތްތައް:
- ޅ. ހިންނަވަރު/ މަލާޒް، ޝައަަފް ހާމިދު އިބްރާހީމް
- ހ. ލަކީލޮޖްހުޅަނގުބައި، އަބާން އިބްރާހީމް
- ގދ. ތިނަދޫ/ ހެވަންޑީލް، މިބުސާމް ސަލްމާން
- ހ. އިސްޓްލައިޓް/ މޫސާ އަޝަލް އަޝްރަފް
- އައްޑޫ ސިޓީ/ މޫންލައިޓްހިޔާ، އަބްދުﷲ ބިން ޔާމިން
- އައްޑޫ ސިޓީ/ އަލުއިމާގެ، އަބްދުﷲ ރަޝީދު
- ރ. ފައިނު/ ޖަވާހިރުމާގެ، މުހައްމަދު ޔޫނުސް ބިން އިބްރާހިމް ޒާހިރު
- ގދ. ފަރެސްމާތޮޑާ/ ޖަގަހަ، ރާހިން ބިން މުހައްމަދު
- ގ. ފަރެސް/ އިޒްކާން އަޖީބު ހުސެއިން
- ސ. ފޭދޫ/ ފަރުބަދަ، މުހައްމަދު ހަނޫން ހުސެއިން
- އއ. ތޮއްޑޫ/ ދޮންމޫނިމާ، އަލީ ރައީފް
- ރ. މީދޫ/ އަންބަރީގެ، ރަސްލާން އަބްދުއްރައްޒާގު އީސާ
- ސ. ހިތަދޫ/ ޒިޔުރިކް، ހަސަން ނަސީރު
- ފުއްވަމުލަކު ސިޓީ/ ރަޔަން، އަހުމަދު ރާއިއު ބަޝީރު
- ހުޅުމާލެ ފްލެޓް 02- ޖީ-141/ އިސްމާއީލް އިޒުއާން އިބްރާހީމް
- ފުވައްމުލަކު ސިޓީ/ ދަޑިމަގު، ބެންހާގެ، އަޒިން މުހައްމަދު
- ފ. ބިލެތްދޫ/ އަލިވިލާގެ، އާމިނަތު އައިފާ
- އައްޑޫ ސިޓީ/ މުއްތުސަންބާގެ، މަރިޔަމް މުހައްމަދު ދީދީ
- އައްޑޫ ސިޓީ/ ޝެވިލް، ފާތިމަތު ދީދީ
- މ. ޝޭޑީރީޖަން/ އާއިޝަތު އާން ރަޝީދު
- ށ. މިލަންދޫ/ ނިޒާމް، ފާތިމަތު އިޝާ
- ފުއްވަމުލަކު ސިޓީ/ ދޫޑިގަމް، މައްސާގުގެ، ޖަމީލާ އަލި ދީދީ
- ފުވައްމުލަކު ސިޓީ/ ފުނާޑު، ހީނާގެ، ހަކީމަތު މުހައްމަދު
- އައްޑޫ ސިޓީ/ ތިބުރޯޒުގެ، އާމިނަތު ލަތީފާ
- ފުވައްމުލަކު ސިޓީ، ދަޑިމަގު، ގުލްދަސްތާގެ، ފާތިމަތު އަހުމަދު
- ރ. މީދޫ/ ކުރިބޯށި، ސަހިއްޔާ އަބްދުލްޣަނީ
- ށ. ބިލެތްފަހި/ މީނާޒް، ސައުދިއްޔާ މޫސާ
- ދ. މީދޫ/ ފެހިގެ، ޔުމްނާ އަބްދުލްއަޒީޒު
- ސ. ހިތަދޫ/ ނިކަގަސްދޮށުގެ، ފާތިމަތު ނަސީރާ
- ގއ. ދެއްވަދޫ/ އަސްވާޑު، ޝަބީނާ އަބްދުﷲ
- ނ. ލަންދޫ ކިނާރާ/ ޫނިސާ އަބްދުއްރަހީމް
- ދ. މީދޫ/ ދިލްޝާދުގެ/ ރައުހާ އިސްމާއިލް
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ، އަންނަ އަހަރުން ފެށިގެން ހާފިޒުކަމުގެ ތާޖު އެރުވޭ ހަފުލާއަކީ ވަކިން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަފުލާއަކަށް ހައްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު