ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.
އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން "ވަން" އަށް މިރޭ ވިދާޅުވީ އޭނާއަކީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން މާދަމާ ކޯޓަށް ހާޒިރުކުރަން ހައްޔަރުކުރި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، އޭނާއަށް އަނިޔާވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގައި ބަލައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު