ފުޓުބޯޅަ މެޗެއްގައި ހާލު ސީރިއަސްވެގެން ހއ. މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒް އަވަހާރަވެއްޖެއެވެ.
ރަމީޒުގެ ހާލު ސީރިއަސްވީ މާރަންދޫގައި އެ ރަށާއި ހދ. ނެއްލައިދޫ ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިންނެވެ. އެ މެޗުގައި ރަމީޒު ކުޅުއްވި ނަމަވެސް، ވަކި ހިސާބަކުން ނޭވާލާން އުނދަގޫވެގެން ފަހުން ވަނީ ބަދަލުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބަދަލުކުރި ފަހުން ބެންޗުގައި އިންނަވަނިކޮށް، ހޭނެތިގެން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އަދި އޭގެ ފަހުން ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުން ދަނިކޮށް އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ.
މާރަންދޫ ކައުންސިލަށް ރަމީޒު އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީ މެންބަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު