ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން މަތީ ތައުލީމަށް ހުޅުވާލީ ޓްރާންސްޕޯމް ޕްރޮޖެކްޓްގެ ދަށުން 6 ކޯހަކަށެވެ.
އެއީ ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓުން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ހުޅުވާލި ކޯސްތަކެކެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުުރު 12:00ގެ ކުރިއެވެ.
- މެރިން ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީގެ (އެއް ކޯސް)
- އެކުއާކަލްޗާގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ (ދެ ކޯސް)
- މެރިން ސައިންސް / މެރިން ބަޔޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ (ދެ ކޯސް)
- ވެޓެރިނަރީ ސައިންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ (އެއް ކޯސް)
ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި ބެޗްލާސް ޑިގްރީ ކޯހަށް ހުށަހަޅާ ނަމަ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން "ސީ" އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންވުން، އަދި ޖީސީއީ އޭލެވެލް ހަދާފައިވާނަމަ ތިން މާއްދާއިން "ސީ" އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.
މާސްޓާސް ޑިގްރީ ކޯހަށް ހުށަހަލާނަމަ، އެ ކޯހުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ހާސިލުކޮށްފައިވުން އަދި އެކަމާގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
އެ ސްކޮލާޝިޕް ލިބިއްޖެ ނަމަ، ކޯސް ފުރިހަމަ ކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީގައި ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެެއެވެ. ވުމާއެކު އެހެން ހިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒް ކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅާލުމުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރިގެ އިއުލާނުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު