ޔޮޓަކުން ދޫކޮށްލި ބަޑިބޭހުން ގްރީސްގެ ޖަންގައްޔެއްގައި ރޯވެއްޖެއެވެ.

ގްރީސްގެ ފަތުރުވެރިކަމަށް މަޝްހޫރު ހައިޑްރާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެރަށުގެ މަގުތައް ބަންދުވެ މުޅި ރަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ގްރީސްގެ ނޫސްތަކުން ވަނީ ބަޑިބޭސް ބޭނުންކޮށްގެން ހަވާ އަރުވާފައި ވަނީ އެރަށާ ކައިރީގައި އަޅާފައި އޮތް ޔޮޓަކުން ކަމަށް ރިޕޯޓުކޮށްފައެވެ. މިހާތަނަށް އެ ޔޮޓުން 13 މީހުން ހައްޔަރުކޮށްފައިވާއިރު އެ އެންމެންނަކީ އެ ޔޮޓުގެ ފަޅުވެރީން ކަމަށްވެސް ރިޕޯޓުތައް ބުނެއެެވެ.

މައްސަލަ ތަހުގީގުކޮށް ނިމްނެދެން ޔޮޓު ފުރުން މަނާކޮށް ހިފަހައްޓާފައިވާއިރު އެ ޔޮޓުގައި، ކަޒަކިސްތާނަށް ނިސްބަތްވާ 17 ފަތުރުވެރިޔަކު ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

ގްރީސް އިން ވަނީ އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި މޫސުމީ ހޫނުގެ ސަބަބުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ޖަންގަލިތަކުގައި އަލިފާން ރޯވާނެތީ އިންޒާރުވެސް ނެރެފައެވެ.