ގދ. ފިޔޯރީގައި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފިޔޮރީ ކައުންސިލުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ހޯދަމުންދަނީ އެ ރަށު މަރިޔަމް މީނަލް މުހައްމަދު (އަޗޫ ދިޔެ) ކަމަށެވެ. އަދި އެ ކުއްޖާ ގެއްލިފައިވަނީ މިއަދު ހަވީރު 5:35 ހާއިރު ކަމަށް ކައުންސިލުން ބުންޏެވެ.
ފިޔޮރީ ކައުންސިލުން ބުނީ އެ ކުއްޖާ ފެނިއްޖެނަމަ 7574670 އަށް ގުޅާލަދެއްވުން އެދޭ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 5:00 ހާއިރު، އެކުއްޖާގެ ގެއިން ކަމަށެވެ. އެމައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 7:00 ހާއިރެވެ.
"ވަން" އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ އެ ކުއްޖާއަށް ވާނީ ދިހަ ވަރަކަށް އަހަރު ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު