އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މިޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް 'އެކްސް'ގައި އާންމުކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ކުރި އެ ޕޯސްޓުގައި ވަނީ ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށްފައެވެ. އެއީ ޔޯގާ ހަރާން ކަމަށް ބުނާތީ ރައްދުގައި ލިޔެފައިވާ އެެއްޗެކެވެ.
ހައްޖުގެ އަޅުކަމަށް ނިސްބަތްކޮށް، އޭނާ ފުރައްސާރަ ކުރި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
މީގެ ކުރިންވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް އެކި ކަހަލަ ޕޯސްޓުތައް ކުރި މީހުންގެ މައްސަލަތައް ފުލުހުން ބަލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު