އިންޑިއާގައި އިންސާނެއްގެ ހަށިގަނޑުން ދޫނި ރޯގާ ވައިރަސް ފެނިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން އަންގާރަ ދުވަހު ވަނީ ދޫނި ރޯގާގެ ވައިރަސް ފެނިފައިވަނީ އިންޑިއާގެ ވެސްޓް ބެންގަލްގައި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑުން ކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ އެކުއްޖާ އަށް ފަރުވާދެމުން އަންނަނީ ވެސްޓް ބެންގަލްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކަމަށް ބުނެފައެވެ.

މިއީ އިންޑިއާއިން އިންސާނެއްގެ ހަށިގަނޑުން ދޫނިރޯގާގެ ވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓު ކުރި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރުވެސް އިންޑިއާގައި ވަނީ އިންސާނެއްގެ ހަށިގަނޑުން ދޫނިރޯގާގެ ވައިރަސް ފެނިފައެވެ.

ދާދިފަހުން އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރުކުރި ކުޑަކުއްޖެއްގެ ހަށިގަނޑުން ވެސް ވަނީ ދޫނި ރޯގާގެ ވައިރަސް ފެނިފައެވެ.