ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ލޯނުދީ، ދަރިވަރުންގެ ލިސްޓު ސަރުކާރުން މިއަދު އިއުލާން ކޮށްފިއެވެ.
މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ މި އަހަރުގެ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަނަށް 1709 ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ.
މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާ އިރު، އޭގެ ތެރެއިން ޝަތުރު ހަމަވެ ލޯނު ދިނުމަށް ނިންމާފައިވަނީ 1015 ދަރިވަރަކަށެވެ.
މި އަހަރު 500 ދަރިވަރުންނަށް ލޯނު އެޕްލިކޭޝަނަށް ހުޅުވާލި ނަމަވެސް މަތީ ތައުލީމު ހާސިލުކުރުމަށް އެދި ލޯނަށް ހުށަހަޅާ ހުރިހާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ލޯނަށް ޝަރުތު ހަމަވެ، ލޯނަށް ހޮވިފައިވާ 1015 ދަރިވަރުންނަށް އަންނަ ބުރާސްފަތި ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށެވެ.
"މިއަދުގެ ބައްދަލުވުމަށް ފަހު ހައިޔާ އެޑިއުކޭޝަން މިނިސްޓްރީގެ މައި އެޑި ޕޯޓަލްމެދުވެރިކޮށް ދަރިވަރުންނަށް ނަތީޖާ ލިބިގެންދާނެ. ނަޖީއާގުޅޭ ޝަކުވާ މިއަދުން ފެށިގެން ހުޅަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. މިކަމާ ގުޅޭ އިތުރު ތަފްސީލުގެ ލޯނު އެޕްލިކޭޝަންތަކުގެ ނަތީޖާއާ ގުޅޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި އޮންނާނެ،" މާރިޔާ ވިދާޅުވިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު