މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ފެށޭ، ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން ވަން މީޑިއާ ގްރޫޕުން ނެރޭ "ވަން ޔޫރޯ ގައިޑް 2024" މާދަމާ ނެރެން ނިންމައި، ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

"ވަން" އިން ވަނީ 2020 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތާއި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕަށް ހާއްސަ ގައިޑް ވެސް ދިވެހި ބަހުން ނެރެފަ އެވެ. އެ ދެ ގައިޑުވެސް ވެގެން ގޮސްފައިވަނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ދެ ގައިޑަށެވެ. ޑިޒައިނާއި މައުލޫމާތަށް ބަލާއިރުވެސް "ވަން"ގެ ގައިޑްތައް ފުރިހަމަ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މި ފަހަރުގެ ޔޫރޯއަށް ހާއްސަ "ވަން ޔޫރޯގައިޑް 2024" އާއި މުބާރާތުގެ ސްކޯ ޗާޓު މާދަން ނެރޭއިރު، ކުރިޔާލައި އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށް "ވަން"ގެ މާކެޓިން ޓީމުން މައުލޫމާތު ދެއްވައެވެ. ޕްރީ އޯޑަރު ކުރެއްވުމަށް މެސެޖު ކުރައްވާނެ ނަންބަރަކީ 7744464 އެވެ. އޯޑަރު ކުރައްވާ ކޮންމެ ގައިޑަކާ އެކު ސްކޯ ޗާޓެއް ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް ވެސް "ވަން"ގެ މާކެޓިން ޓީމުން މައުލޫމާތު ދެއްވައެވެ.

"ވަން ޔޫރޯ ގައިޑް 2024"އާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މި ގައިޑުގެ ކޮންޓެންޓް އެޑިޓަރު، އިމާދު ލަތީފު ވިދާޅުވީ މި ފަހަރު ވެސް ފުޓްބޯޅަ ފޭނުންނަށް ބޭނުންވާ، އެންމެ ފުރިހަމަ މައުލޫމާތު ހިމެނޭ ގައިޑަކަށް ވެގެންދާނީ "ވަން"ގެ ގައިޑް ކަމަށެވެ.

"ވަން ޔޫރޯ ގައިޑް" ވަރަށް ތަފާތު ވާނެ. މައުލޫމާތު، ޑިޒައިން، އަދި އެހެން ކަންކަމަށް ބަލާއިރުވެސް މާ ބޮޑަށް ފުރިހަމަ ވާނެ." އިމާދު ވިދާޅުވިއެވެ.

"ވަން ޔޫރޯ ގައިޑް"ގެ އެޑިޓަރު، ސިނާން އަލީ ވިދާޅުވީ، މި ފަހަރުގެ ޔޫރޯ ގައިޑުގައި ސަޕްރައިސިން ބައެއްވެސް ހިމެނޭނެ ކަމަށާއި މި ގައިޑް ވެގެން ދާނީ، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ބޭނުންތެރި، ބަލައިލާން ހިތްގައިމު، މައުލޫމާތު މުއްސަނދި ގައިޑަކަށް ކަމަށެވެ.

"މީގެ ކުރީން 2020ގައި އަޅުގަނޑުމެން ނެރުނު ޔޫރޯ ގައިޑާއި މިދިޔަ އަހަރު ނެރުނު ވޯލްޑްކަޕް ގައިޑަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. ވޯލްޑްކަޕާއި ޔޫރޯއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ދެ މުބާރާތަށް ވާތީ، މި ގައިޑުތައްވެސް ސަޕޯޓަރުންގެ އުއްމީދުތަކާ އެއް ފެންވަރެއްގައި ބެހެއްޓުމަށް "ވަން"ގެ ޓީމުން އަބަދުވެސް މަސައްކަތް ކުރޭ. މިފަހަރުގެ ގައިޑުވެސް ވަރަށް ފުރިހަމަ ވާނެ." ސިނާން ވިދާޅުވިއެވެ.

ޕްރީ އޯޑަރު ކުރައްވާ ފަރާތްތަކަށް މާދަން ހަވީރުން ފެށިގެން "ވަން" ޔޫރޯ ގައިޑް ލިބިވަޑައިގަންނަވާނެ ކަމަށް "ވަން"ގެ ސޭލްސް ޓީމުން މައުލޫމާތު ދެއްވައެވެ.