ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަން ކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، އެ މަގާމަށް ނިހާން އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުالله ކަމަށެވެ.
ނިހާން އައްޔަނުކުރައްވާފައި ވަނީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވެ.
މަޖިލިސް އިދާރާއިން ބުނީ ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުހައްމަދު ސޯލިހްއެވެ. ނިހާން ވަނީ އިއްޔެ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު