ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދަރަނީގެ ގޮތުގައި ދޫކުރާ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ މަރުކަޒީ ކްރެޑިޓް ކާޑާއި އަމިއްލަ މީހުން ދަރަންޏަށް ނަގާ މުދަލަށް ކަމަށް ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދަރަންޏަށް ފައިސާ ދޫކުރާ މިންވަރު މިދިޔަ މަސް ނިމުނު އިރު ވަނީ ދެ ޕަސަންޓު އިތުރުވެފައެވެ. މާޗު މަސް ނިމުނު އިރު އެ އަދަދު ހުރީ އަށް ޕަސަންޓުގައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އަމިއްލަ މީހުން ނަގާ ލޯނު ވަނީ 27 ޕަސަންޓަށް އިތުރުވެފައެވެ. އޭގެ ސަބަބެއް ކަމުގައި އެމްއެމްއޭއިން ބުނީ، ކުރެޑިޓް ކާޑު ނެގުމާއި ދަރަންޏަށް މުދާ ނެގުން އިތުރުވުމެވެ.

އެމްއެމްއޭއިން ބުނީ، ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް ދޫކޮށްފައިވާ ލޯނުތައްވެސް މިދިޔަ މަހު އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުން އެކި ބާވަތުގެ ލީސް ފެސިލިޓީތައް ތައާރަފްކޮށް، ކްރެޑިޓް ކާޑުގެ ޕްރޮމޯޝަންތައް ދޭތެރެ ދޭތެއިން ބާއްވައެވެ.