ގައުމުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން، އެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުއްވީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
އެ ހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުން ތާއީދުކުރެއްވުމުން، އެ ހުށަހެޅުން ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ.
ނާޒިމް ވިދާޅުވީ، މިހާރު ގައުމުގެ މާލީ ހާލަތު އޮޅުންފިލާފައިނުވާ ކަމަށާއި މަސައްކަތްތަކައިގެން ކުރިއަށްދާ އިރު ގައުމުގެ މާލީ ހާލަތު ރަނގަޅަށް އެނގެންޖެހޭ ކަމަށެވެ. ކުރަންވީ ކަންތައްތަކާއި ދާންވީ މިސްރާބު އެނގޭނީ އޭރުން ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ މާލީ ހާލަތާ ބެހޭ ތެދު ސައްހަ މައުލޫމާތު ފިނޭންސް މިނިސްޓަރު ކޮމިޓީއާ ހިއްސާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މާލީ ގޮތުން ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނީވެސް އޭރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު