މަހަކު 5000 ރުފިޔާގެ އިނާޔަތަކާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އެޕްރެންޓިސްޝިޕް ކޯހުގައި ބައިވެރި ވުމަށް ހުޅުވާލައިފިއެވެ.
އެމްޕީއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް އަށް ޖާގަ އާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް ނުވަ ޖާގައަށް ކަމަށެވެ.
އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސްއެއް ދޭނެއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ އަންނަ ހޯމަ ދުވަހުގެ 15:30 އެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ. މި އަހަރުގެ އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް ކުރިޔަށްގެންދަނީ ޔޫތް މިނިސްޓްރީއާ ގުޅިގެންނެވެ.
އެ ޕްރޮގްރާމް އާ ބެހޭ އިތުރު މައުލޫމާތު އަދި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިއުލާންގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު