ޑޮލަރު ޖަމާކުރަން ހާއްސަ ޑޮލަރު އޭޓީއެމްއެއް ބީއެމްއެލްގެ ހެޑް އޮފީހުގައި ބަހައްޓައިފިއެވެ.
ބީއެމްއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ބީއެމްއެލްގެ ހެޑް އޮފީސް ހުންނަ އިމާރާތުގައި ޑޮލަރު ޖަމާކުރަން ހާއްސަ އޭޓީއެމްއެއް ބަހައްޓައި މިއަދުން ފެށިގެން ހިދުމަތް ދޭން ފަށައިފައިވާ ކަމަށެވެ.
"މި އޭޓީއެމްއާއެކު ކަސްޓަމަރުންނަށް ފަސޭހައިން ޑޮލަރު ޖަމާކުރެވޭނެ. މިއާއެކު ޑޮލަރު ޖަމާކުރަން ބޭނުންވާ ކަސްޓަމަރުންނަށް ކިޔުގައި މަޑުކުރުމުގެ ބަދަލުގައި ފަސޭހަކަމާއެކު ފަސޭހައިން ޑޮލަރު ޖަމާކުރެވޭނެ" ބީއެމްއެލުން ބުންޏެވެ.
މާލޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަނީ މ. ކްލައުޑްގައެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ހުޅުލޭގައިވެސް ޑޮލަރު އޭޓީއެމްތައް ބަހައްޓާފައި ހުރެއެވެ.
ޚަބަރު
ޚަބަރު