ކަރަންޓު ބިލުތަކާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހެޅޭނެ ގޮތް ސްޓެލްކޯ އިން ހަމަޖައްސައިފިއެވެ.

ހޫނު މޫސުމުގެ މަހަކަށްވުރެ، މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ބައެއް މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. އެކަމާ ގުޅިގެން ބައެއް މީހުން މިއަދު ވަނީ ސްޓެލްކޯ ހެޑް އޮފީސް ހުންނަ ސަރަހައްދުގައި މިއަދު މުޒާހަރާވެސް ކޮށްފައެވެ.

ސްޓެލްކޯ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރު ސާވިސް އެންޑް ބިލިންގެ ނަންބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި [email protected] އަށް އީމެއިލްކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ބުންޏެވެ.

ސްޓެލްކޯ އިން ބުނީ، ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބު ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.