މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ.
"ޖުމްލަކޮށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައި،" އޭނާ ވިދާޅުވިއެވެ.
ވިޝާމާ ވިދާޅުވީ، އެ ލޯނުތައް ދޫކުރީ އެސްޑީއެފްސީއާ ގުޅިގެން ކަމަށެވެ.
ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ އިރު، ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓު ސްކީމެއްވެސް ތައާރަފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު