ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހި، 12 މީހުންނަށް އަނިޔާވެއްޖެއެވެ.
އެ ފްލައިޓެއް ޓާބިއުލަންސްއެއްގައި ޖެހުނީ ދޯހާއިން ފުރައިގެން ޑަބްލިންއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ ބޮއިން 787 ޑްރީމްލައިނާ މަރުކާގެ ފުލައިޓެކެވެ.
ޓާބިއުލަންސްގައި ޖެހުމުގެ ސަބަބުން އަނިޔާވީ ހަ ޕަސިންޖަރުންނަށާއި ފުލައިޓުގެ ހަ ކުރޫއަކަށެވެ. އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.
ގަތަރު އެއާވޭސްއިން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ހަފުތާގައި ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ޓާބިއުލަންސެއްގައި ޖެހި، ބޯޓުގެ ޕަސިންޖަރަކު ވަނީ މަރުވެފައެވެ. އަދި ވަރަށް ގިނަ ޕަސިންޖަރުންނަށް ވަނީ އަނިޔާވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ