ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ދެ ކުދިން ކަރަންޓްގައި ޖެހި ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ދިމާވި މިހާދިސާގައި އަނިޔާވެފައި ވަނީ، އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެކުދިންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ދެ ކުދިން ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެފައިވާތީ އެކުއްޖާއަށްވެސް ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުނީ މިއަދު 1:30 އެހާކަން ހާއިރު ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު