ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާއިގައި ގަޑިއަކު 60 މޭލު ބާރު މިނުގައި ވައިދަވާނެ ކަމަށް ލަފާކޮށް، އެ ވަގުތު ތަކުގައި ބްރިޖް މަތިންވެސް ދަތުރު ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓު އޮފީހުން މިއަދު "ވަން" އަށް ބުނީ އެންމެ ބޮޑަށް މޫސުން ގޯސްވާނީ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށާއި އެ އަތޮޅުތަކަށް 20 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި މަތިން ދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިސްތިމާސް ކުރިއެވެ.

ވައިގަދަވާ ވަގުތުތަކުގައި ގަޑިއަކު 60 މޭލު ބާރު މިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

"ހައިވޭ މަތިން އަދި އެއްގަމުގެ މަގުތަކުން ދަތުރުކުރާ މީހުންވެސް ބޯމަތީ ވިލާގަނޑެއް ހަދާފައި އޮތް ނަމަ ބްރިޖުމަތިންވެސް ދަތުރު ކުރުން ރައްކާތެރި ނޫން. އަދި ބްރިޖު އަޑިން ދަތުރު ކުރާ ފަރާތްތަކުންވެސް ސަމާލުވުން މުހިންމު،" މެޓު އޮފީހުން ބުންޏެވެ.

"އެއީ ވިލާގަނޑުގައި 60 މޭލަށް ވައިގަދަވެގެންދާނެ. އެހެންވީމަ ކަނޑުތައް ވަރަށް ބޮޑަށް ގަދަ. އުތުރާ މެދުރާއްޖެތެރޭގެ ސަރަހައްދުގައި. ކަނޑުތައް މަޑެއް ނޫން. ވަރަށް ގަދަކޮށް އުޅެނީ ދެކުނުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ އުތުރާއި މެދުރާއްޖެތެރޭ ދަތުރު ނުކުރެވޭހާ ކަނޑުތައް ގަދަ،" މެޓު އޮފީހުން ބުންޏެވެ.

މެޓުން މިއަދު ވަނީ ހއ. އިން ވ. އަތޮޅާ ހަމަޔަށް މިއަދުގެ 15:15 އަށް އޮރެންޖް އެލާޓް ނެރެފައެވެ. އޮރެންޖު އިންޒާރު ނެރެވުމާއެކު މޫސުން ވަރަށް ބޮޑަށް ގަދަވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެތުން ބުނެއެވެ.

ހަފުތާ ބަންދު ހުކުރު އަދި ހޮނިހިރުގައި ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށާއި ވިލާގަނޑުގައި 60 މޭލަށް ވުރެ މަތިން ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއްގަމާއި ކަނޑުމަގުން ދަތުތައް ނުކުރުމަށް މެޓު އޮފީހުންނާއި ކަމާއި ބެހޭ އިދާތާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.