އެމިރޭޓްސް ފްލައިޓެއްގައި ޖެހި 39 ގުޑުގުޑާ ދޫނި މަރުވެއްޖެއެވެ.
ދުބާއީ އިން މުމްބާއީ އަށް ހޯމަ ދުވަހު ދަތުރުކުރި އެމިރޭޓްސް ފްލައިޓު މުމްބާއީ އެއާޕޯޓުގައި ޖެއްސުމަށް ތިރިކުރި ވަގުތު ވަނީ އެސަރަހައްދުން ދަތުރުކުރި ގުޑުގުޑާ ދޫނި ބައިގަނޑަކާ މުޑިއަރާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ގުޑުގުޑާ ދޫނިތައް ފްލައިޓުގައި ޖެހުނު ނަމަވެސް ފްލައިޓު ރައްކާތެރިކަމާއެކު މުމްބާއީ އެއާޕޯޓަށް ވަނީ ޖައްސައިފައެވެ.
ތިންސަތޭކަ މީހުން ދަތުރުކުރި އެ ފްލައިޓުގައި ގުޑުގުޑާ ދޫނިތައް ޖެހުނު ސަބަބު ސާފު ނުވި ނަމަވެސް ތިމާވެށީގެ ތަޖުރިބާކާރުން ވަނީ އެއީ ގުޑުގުޑާ ދޫނި ހިޖުރަ ކުރާ ދުވަސް ވަރުކަމުގައި ވެފައި އެދޫނިތަކަށް ރައްކާތެރި މާހައުލެއް ގާއިމްވެފައި ނުވުމުން ހިނގި ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުން ފެށިގެން ގުޑުގުޑާ ދޫނި މުމްބާއީގެ އެކި ސަރަހައްދުތަކުން ފެންނަ ކަމަށާއި އެ ދޫނިތައް ގިނަ މަސްތަކެއް ވަންދެން ފެންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ